އުމުރަކީ އިންސާނާގެ ހަޔާތުގައި އެންމެ އަގުހުރި އެއްޗެވެ. އުމުރު ދުވަހަކުވެސް މަޑުކޮށްނުލައެވެ. އަބަދުވެސް ކުރިއަށް ދަމުން ދެއެވެ. ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ޒުވާނުންނަށް ހަނދާންކޮށްދެއްވީ މި ހަޤީގަތެވެ.
ނައިބު ރައީސް ޕޯސްޓް ކުރެއްވި ޅެން ބައިތުގައި ވިދާޅުވެފައިވަނީ ”މިދަނީ މިދަނީއެ ޅަޢުމުރު“ އެވެ. މި ބައިތުން ވިސްނައިދެނީ އުމުރުގެ ހަޤީޤަތެވެ. ޒުވާން ދުވަސްވަރު އަވަސް ސްޕީޑެއްގައި ފާއިތުވަމުންދާކަމެވެ. އަދި އެ ދުވަސްތައް އަނބުރާ ނާންނާނެކަމެވެ.
ނައިބު ރައީސް ވިދާޅުވެފައިވާ ގޮތުގައި:
”އާރާއި ބާރާއި ބުންވަރު
ހިތް ނޭދުނަސް ދެން މިހެންވާން ދާނޭ ޒުވާން ޗާލު ވިދުވަރު…“
މި ބައިތުން ދޭހަވަނީ ޒުވާން އުމުރުގައި ލިބިފައިވާ ބާރާއި ހަކަތަ އަދި ޗާލުކަން ދާއިމީ އެއްޗެއް ނޫންކަމެވެ. އަޅުގަނޑުމެން ބޭނުން ނުވިނަމަވެސް، އުމުރުގެ ސަބަބުން މި ސިފަތައް ގެއްލިގެންދާނެކަމެވެ.
މި ޅެން ބައިތުން ލިބޭ އެންމެ މުހިންމު އެއް ޢިބްރަތަކީ، ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމެވެ. ހަޔާތުގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރަންވީ ވަގުތަކީ މިއަދުކަން ހަނދާންކުރަން ޖެހެއެވެ. އުމުރުގެ ކޮންމެ މަރުހަލާއެއްގައިވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ވަގުތާއި ޤާބިލިއްޔަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހެއެވެ.
ނައިބު ރައީސް މި ޅެން ބައިތުން ޒުވާނުންނަށް ދެއްވާފައިމިވަނީ ވަރަށް މުހިންމު ހަނދާންކޮށްދިނުމެކެވެ. އުމުރުގެ އަގު ވަޒަންކޮށް، ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ހަޔާތް އާރާސްތުކޮށް، މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށްވުމަށް މަސައްކަތްކުރުމަކީ އެންމެންގެވެސް ވާޖިބެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް