އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި؛ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000ރ.

Advertisement

Advertisement

އެންމެ ފަސް

Advertisement

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ރޯދަ މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ’އެސްޓީއޯ ރަމަޒާން ބާޒާރު‘ ޕްރޮމޯޝަން ރަސްމީކޮށް ފަށައިފި އެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަނެއް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. ކޮންމެ ހަފްތާއަކު މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 1 ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، ޕްރޮމޯޝަން ނިމުމާއިއެކު، މުއްދަތުގެ ތެރޭގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް، ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކަމަށްވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގަ އެވެ. އެސްޓީއޯއިން އިތުރަށް ބުނީ، މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

ރަމަޟާން 1448 ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ