މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ މަސް ރޭހުގެ ޓީމުތައް މަހަށް ފުރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި ކުރިއަށް ގެންދާ ’އެމްޑަބްލިއުއެސްސީ މަސްރޭސް‘ ގައި ބައިވެރިވާ ޓީމުތައް، މަހަށް ފުރައިފި އެވެ.

މި މަސްރޭހަކީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. ޓީމުތައް މަހަށް ފުރާފައިވަނީ މިއަދު ހަވީރު 15:15 ގައެވެ. މަހުން ލަފާނީ ރޭގަނޑު 21:15 ގައެވެ.

ޓީމުތައް މަހަށް ފުރާލުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ބަނދަރު ސަރަހައްދަށް ވަޑައިގެންނެވި އެވެ.

މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެ އެވެ. ބައިވެރިވި ޓީމުތަކުގެ ތެރޭގައި ރ. ދުވާފަރަށް ނިސްބަތްވާ 5 ޓީމާއި، ރ. އިނގުރާދޫއަށް ނިސްބަތްވާ 4 ޓީމު ހިމެނެ އެވެ. މި މުބާރާތަކީ ރ. އަތޮޅުގެ މަސްވެރިންގެ މެދުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވާ މުބާރާތެކެވެ.

މި މަސްރޭހުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން، އެންމެ ބަރު މަސް ބާނާ ފަރާތަކަށްވެސް ޚާއްސަ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. މިއީ ޒުވާނުންގެ މަސްވެރިކަމުގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދާ މަސްރޭހެކެވެ. މި މުބާރާތުގައި ބޭނުމަށް ހަމަޖެހިފައިވަނީ ފަރު މަހެވެ.

އެމްޑަބްލިއުއެސްސީ މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ