ޖަޕާނުގެ ސަފީރު ކަމަށް މަހުލޫފު އައްޔަނު ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު މަޚްލޫފް، ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ޢައްޔަންކުރައްވައިފި އެވެ.

އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކުރީގެ މިނިސްޓަރު މަހުލޫފް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް އެ ދުވަހު ރިޔާސަތުން ފޮނުއްވެވި އެވެ.

ކޮމިޓީން އެ މައްސަލަ ދިރާސާކޮށް އިއްޔެގެ ޖަލްސާގައި ވަނީ ނިންމެވި ގޮތުގެ ރިޕޯޓު ހުށަހަޅުއްވާފަ އެވެ. އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މަހްލޫފް ޖަޕާނުގެ ސަފީރަކަށް އައްޔަންކުރުމަށް 60 މެންބަރަކު ވަނީ ވޯޓުދެއްވާފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި އެވެ. މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އަހުމަދު މަހުލޫފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ