ސަނީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އަންނަނީ ބަލަމުން: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ޑރ. ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ސަނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް މި މައްސަލަ ވަނީ ފުލުހުންގެ ސަމާލު ކަމަށް އައިސްފައެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ސަނީގެ މައްޗަށް ވަނީ ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވިފަ އެވެ. އަދި މި ތުހުމަތުތައް ކުރެވިފައިވަނީ ސަނީ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިެވ އެވެ.

ޑރ. ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އޭޖެންސީ އެއްގެ އިތުރުން ކުޅިވަރު ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިޔާތައް ހިންގަމުން އަންނަ ފަރާތެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ