ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 10:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ވެސް ލަފާކުރެ އެވެ.
އެ އިދާރާއިން ބުނީ ރާއްޖޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އަދި ކަނޑުތައްވެސް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މީގެ އިތުރުން އެ ކަނޑުދަތުރުތައް ކުރާ ދަތުރުވެރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުގެ އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.
