އާދިއްތައިން ފެށިގެން ސައްހަ ވިސާގެ ގޮތުގައި ބަލާނީ އީ-ވިސާ: އިމިގުރޭޝަން

Advertisement

އެންމެ ފަސް

Advertisement

އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންނަށް ދޫކޮށްފައިވާ ސައްހަ ވިސާގެ ގޮތުގައި ބަލާނީ އީ-ވިސާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ވަނީ ވިސާ ދޫކުރުމުގެ ކަންތަކަށް އަންނާނެ ބަދަލުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން، ވޯކް ޕާމިޓު ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވިސާ ޖެހުމުގެ ބަދަލުގައި އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވިސާ ކަމަށެވެ.

ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 23 ނޮވެމްބަރުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް ޕާސްޕޯޓުގައި އޮތް ނަމަ އެ ދުވަހުން ފެށިގެން އީ-ވިސާއަށް ބަދަލުވާނެ ކަމަށް އިމިގުރޭޝަނުން ބުނެފައިވެ އެވެ. އަދި ވޯކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް އެއީ ސައްހަ ވިސާއަކަށް ނުބަލާނެ ކަމަށްވެސް އިމިގުރޭޝަނުންވަނީ ބުނެފަ އެވެ.

އިމިގުރޭޝަނުން ބުނީ، ޕާސްޕޯޓުގައި މުއްދަތު ހަމަނުވާ ވޯކް ވިސާ އޮތް ނަމަވެސް 23 ނޮވެމްބަރުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހުއްދަ އަދި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭނީ އީ-ވިސާ އޮތް މީހުންނަށް ކަމަށެވެ.

އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭނީ ހޯމް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ’އެންޓްރީ ޕާސް’އެއް އޮތް ނަމަ ކަމަށާއި، އަދި އެ މީހަކު ރާއްޖެ އަންނަ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ ވޯކް ވިސާއަށް ހުށަހެޅުމަކީ އޭނާއަށް ވަޒީފާ ދޭ ފަރާތްތަކަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ވޯކް ވިސާ ފިޔަވާ އެހެން ވިސާތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ވިސާ ޖެހުމަށް އިމިގްރޭޝަނުގެ ކައުންޓަަރަށް ހުށަހަޅަން ދެން ނުޖެހޭނެ ކަމަށާއި އެފަދަ މީހުންނަށް ވެސް ދެން ދޫކުރާނީ އީ-ވިސާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ