މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް، އެ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އިމިގްރޭޝަންގެ އަލަށް ޑިޖިޓަލައިޒް ކުރެވުނު ހިދުމަތްތައް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރައިގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އިމިގްރޭޝަންގެ އަލަށް ގާއިމްކޮށް އިފްތިތާހުކުރެވުނު ހިދުމަތްތަކަކީ މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި ”އީ-ވިޒާ“ އެވެ.
މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނ،ް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙެވެ. ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި އީ ވިޒާ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އިމިގްރޭޝަން އިން ބުނި ގޮތުގައި އީ ވިޒާ އާއި އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށްފައިވާ ވަރަށް ހާއްސަ ޑިޖިޓަލް ނިޒާމެއް ކަމަށެވެ. އިމިގްރޭޝަންގެ މޯބައިލް އެޕް އަކީ ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ އެޕްލިކޭޝަނެކެވެ.
މިއާއެކު މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ ’މޯލްޑިވްސް 2.0‘ މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ އަޙުމަދު ފަސީހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
