ވަގަށް ސިނގެރޭޓް އެތެކުރާ މައްސަލައިގަ ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކޮށްފި އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން މި މައްސަލަތައް ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ރިއާޔަތްކުރުމަށް ފަހު އެވެ.

އެ މައްސަލާގަ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުކަމުން މިއަދު ވަކިކުރީ ޢަބްދު الله ވަޙީދު އަދި މަޙްމޫދު ރިޔާޒެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީން ދިރާސާކޮށްފައިވާ ދެ މައްސަލައަކާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވަކިކޮށްފައިވާ ކަމަށެވެ. އެ ދެ މައްސަލައަކީ، ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ވެއާހައުސް އިން ނެރުނު މައްސަލަ އެވެ.

މީގެ އިތުރުން، ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

މި މައްސަލަތަކާ ގުޅޭ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ރިޕޯޓުގައި 4 އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް ވަނީ، އަންގާފަ އެވެ. އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ހޯމް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނެ އެވެ. މި މައްސަލަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ސީރިއަސް މައްސަލަތަކެއް ކަމަށް މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

241 ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކަސްޓަމްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ