ކޮރަޕްޝަން ހުއްޓުވޭނީ ކޮރަޕްޓް މީހުންގެ މައްޗަށް ޤާނޫނު ތަންފީޒުކޮށްގެން، މިދަނީ އެކަން ކުރަމުން: މިނިސްޓަރު އިހުސާން

Advertisement

އެންމެ ފަސް

Advertisement

ކޮރަޕްޝަން ހުއްޓުވޭނީ ކޮރަޕްޓް މީހުންގެ މައްޗަށް ގާނޫނު ތަމްފީޒުކޮށްގެން ކަމަށާއި މި ސަރުކާރުން ދަނީ އެކަން ކުރަމުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފާއިތުވެދިޔަ 15 އަހަރުގެ ތެރޭފައި ކޮރަޕްޝަން ހުއްޓުވަން ފުރުސަތު ލިބުމުން މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުން އެކަން ނުކުރާ ކަމަށާއި މި ސަރުކާރުން ދަނީ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަމުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޮރަޕްޝަންގެ ޢަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޒުކުރުން ކަމަށެވެ. އަދުގެ ސަރުކާރުން އަންނަނީ ކޮރަޕްޝަން ހުއްޓުވުމަށް އެކަންކަން ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގެ ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮންކަމެއްތޯ ވިސްނާލަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަޤާމުތަކުގައި އެބޭފުޅުން ތިއްބެވި އިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރަން ޖެހޭ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރީ ކޮން ކަމެއްތޯ ސުވާލުކޮށްފިނަމަ އެކަމަށް ޖަވާބު ދެވޭނެ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް ސަރުކާރުން ބުނެ އެވެ. މިކަމަށްޓަކައި މިހާރުވެސް އަންނަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ދައުވާވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ސަރުކާރުގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލައެއްގައިވެސް ކުންފުންޏެއްގެ އެމްޑީއަކު ވަނީ މަގާމުން ވަކިކޮށް އެ މައްސަލަ ބަލަން ފަށާފަ އެވެ. އަދި މިދިޔަ ސަރުކާރުގައި ހިންގި ފެނަކަ ކޮރަޕްޝަންއާއި ގުޅިގެން ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ދާދި ފަހުން ވަނީ ހުކުމްކޮށް ޖަލަށްލާފަ އެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސްއިން ހިންގި ކޮރަޕްޝަންއާ ގުޅިގެން މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫންގެ މައްޗަށްވެސް ވަނީ ހުކުމްކޮށް ޖަލަށްލާފަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކޮރަޕްޝަން އަބްދުﷲ މައުމޫން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ފެނަކަ ހިޔާނާތް ފެނަކަ ކުރީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ