ހިތަދޫ ހުޅުމީދޫ ބްރިޖްގެ ކުރެހުން ނިމިއްޖެ

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުން ތަރައްގީކުރާ ހިތަދޫ ހުޅުމީދޫ ބްރިޖްގެ މެތެމެޓިކް ސާވޭއާއި ޑްރޯވިން ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފި އެވެ.

މިނިސްޓަރު މުއްތަލިބު މިކަން ހާމަކުރެއްވީ މިއަހަރުގެ ފުރަތަމަ 6 މަހުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިތަދޫ ހުޅުމީދޫ ބްރިޖްގެ ފީޒިބިލިޓީ ސްޓަޑީއާއި ޑިޒައިން ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކުރީ އަރަބް ކޮންޓްރެކްޓާސްއާއި އެކުގައި އެވެ. މިހާރު އަރަބް ކޮންޓްރެކްޓާސްއާއިއެކު ހެދުނު އެމްއޯޔޫގެ ދަށުން މެތެމެޓިކަލް ސާވޭ ނިމި، ބޭސިކް ކުރެހުމާއި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންޓްރެކްޓާ ވަނީ ސަމަރީ އޮފް ޓެކްނިކަލް ޕްރޮޕޯޒަލްވެސް މިނިސްޓްރީއަށް މިހާރު ޕްރެޒެންޓް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެއަށްފަހު މި މަޝްރޫއުގައި ދެން އެންމެ މުހިންމު ކަމަކީ މަޝްރޫއުގެ ފައިސާ ހަމަޖެއްސުމެވެ. މި ފައިސާ ހަމަޖެއްސުމަށް ކޮންޓްރެކްޓަރާއިއެކު މިހާރު ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ