އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން ”އުޅަނދު ޖާރނަލް“ ލޯންޗުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެރިޓައިމް ދާއިރާއަށް ހާއްސަކޮށްގެން ނެރޭ ކޯޕަރޭޓް މަޖައްލާ ”އުޅަނދު ޖާރނަލް“ގެ ފުރަތަމަ އަދަދު ލޯންޗްކޮށްފި އެވެ.

އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މަޖައްލާ ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ކަމާލުއްދީނެވެ. މި މަޖައްލާގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި މުޢައްސަސާތަކަށް ނިސްބަތްވާ ގިނަ ބޭފުޅުންގެ ލިޔުންތައް ހިމަނާފައިވެ އެވެ.

މި މަޖައްލާގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފާތިމަތު ޝިފްޒާ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކެޕްޓަން މުޙައްމަދު ޒައިދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ ހުސެއިން ފިރާޒް އަދި ކޯސްޓް ގާޑްގެ ލެފްޓިނެންޓް ކާނަލް އަޚްމަދު ސިޔާމްގެ ލިޔުންތައް ހިމަނާފައިވެ އެވެ.

”އުޅަނދު ޖާރނަލް“ގެ ފުރަތަމަ އަދަދުގައި މެރިޓައިމް ދާއިރާގެ އިސް ފަރާތްތަކާ ގުޅޭ ފީޗަރ ލިޔުމުގެ އިތުރުން، އެމްޕީއެލްގެ ތާރީހާއި ތަރައްގީ، ސީ-ޓު-އެއަރ ޓްރާންސިޕްމަންޓް ކާގޯގެ ޚިދުމަތް، ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާގެ ކުރިއެރުންތައް، ތިލަފުށި ޕޯޓް މަޝްރޫ، ޕޯޓް އޮޕަރޭޝަންސް، ޓެކްނޮލޮޖީ އަދި މެރިޓައިމް ދާއިރާގެ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ރިޕޯޓުތައް ހިމަނާފައިވެ އެވެ.

މި މަޖައްލާ ކިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓުން މި މަޖައްލާ ކިޔުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ