އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އާއި އޮފް ޔޫތް އެމްޕަވާމެންޓް، އިންފޯމޭޝަން އެންޑް އާޓްސް މިނިސްޓްރީ ގުޅިގެން މި އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އެޕްރެންޓިސްޝިފް ޕްރޮގްރާމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯސްތަކަކީ މެރީން މެކޭނިކް، ހެވީ ވެހިކަލް މެއިންޓެނެންސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އެޑްމިނިސްޓްރޭޝަން ، ފަރުނީޗަރު ކާޕެންޓްރީގެ އިތުރުން ވެލްޑިން ޓެކްނިކްސް އެވެ.

މި ޕްރޮގްރާމްތަކުގެ މުއްދަތަކީ ހަ މަސް ދުވަހެވެ. މި ޕްރޮގަރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 29 ވަނަ ދުވަހުގެ 15:30 އެވެ.

މިފަހަރު ހުޅުވާލާފައިވާ ޕްރޮގްރާމްތަކަށް ބައިވެރިން ނެގުމަށް ހަމަޖެހިފައިވަނީ އެކި އަދަދުތަކަށެވެ. އަދި ބައިވެރިވުމުގެ ޝަރުތުތައްވެސް ކޮންމެ ޕްރޮގްރާމެއްގައި ތަފާތެވެ.

އެމްޕީއެލްއިން ވަނީ، މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯން ނަންބަރު 1456 އަށް ގުޅުން ނުވަތަ nap@youth.gov.mv އަށް މެއިލް ކުރުމުން އެދިފަ އެވެ. އަދި ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ 3039638، 3039636 އަށް ގުޅުން ނުވަތަ ldd@port.mv އަށް މެއިލް ކުރުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ