ޢާއްމު މަޞްލަޙަތު ގެއްލޭ ގޮތަށް އަމަލު ކުރާތީ މީޑިއާ ފެންޑާ އުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސް އޮފީހުގެ ގްރީން ޒޯނުގައި ނޫސްވެރިންނަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ ”މީޑިއާ ފެންޑާ“ އުވާލައިފި އެވެ.

މި ތަން އުވާލީ ހުއްދަ ނުނަގާ ބަޔަކު އެތަނަށް ވަދެ، އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރަމުން ދިއުމާއި، ޢާއްމު މަޞްލަޙަތު ގެއްލޭ ގޮތަށް ޢަމަލުކުރަމުން ދިއުމުގެ ސަބަބުންނެވެ.

މީޑިއާ ފެންޑާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން 29 މެއި 2025 ގައި ޤާއިމުކޮށްފައިވާ ތަނެކެވެ. މި ތަން ބޭނުންކުރުމުގެ އުޞޫލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ޢާއްމުކޮށް، ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރިންނަށް ރަސްމީ ހުއްދަވެސް ދޫކޮށްފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ދިއުމުގެ ސަބަބުން، ހުއްދަ ލިބިފައިވާ ނޫސްވެރިންނަށް އެތަނުގައި މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާ ކުރަމުން ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން، ގްރީންޒޯންގައި ހުންނަ މި ތަނުގައި ޢާއްމު މަޞްލަޙަތު ގެއްލޭފަދަ އަދި އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މީޑިއާ ފެންޑާ އުވާލުމާ ގުޅިގެން، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރިންނަށް އެހެން ގޮތަކަށް ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެ އެވެ.

ރައީސް އޮފީސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ