އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގައި އެޗްޑީސީން ބައިވެރިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ގައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމަށް އިއްޔެ އުސަފަސްގަނޑުގައި ކުރިއަށް ގެންދިޔަ ކުޑަ ކުދިންގެ ހަވީރުގައި، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ބައިވެރިވެއްޖެ އެވެ.

އެޗްޑީސީން ބުނީ އެ ހަވީރުގައި އެ ކޯޕަރޭޝަނުން ބެހެއްޓި ސްޓޯލް އަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލް އެއް ކަމަށެވެ. މި ސްޓޯލުން ބްރިޖް ސާވޭ އާލާތްތައް ދައްކައި، ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އަދި ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިން އާ ގުޅޭ މައުލޫމާތު ހިއްސާކޮށް ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓާޕަވާ ޖޭސީބީ އާ ގުޅޭ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

މި ހަވީރުގައި ސަރުކާރު ހިއްސާވާ އަށް ކުންފުންޏަކުން ބައިވެރިވި އެވެ. އެއީ މާލެ ސިޓީ ކައުންސިލް، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޓީސީސީ، އާރުޑީސީ، އެމްއޭސީއެލް، ފެނަކަ ކޯޕަރޭޝަން ގެ އިތުރުން އެފްޑީސީ އެވެ. މި ހަވީރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދިޔަ ހަވީރެކެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި މަހުގެ 11  ވަނަ ދުވަހު ދުވަހު ޓުއާއެއްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ބައިވެރިވި މި ޓުއާގައި އެޗްޑީސީން ކުރަމުންއަންނަ އެކިއެކި މަސައްކަތްތަށް ދަރިވަރުންނަށް ދައްކާލައި، އެ މަސައްކަތްތަކުގެ މައުލޫމާތު ދިނެވެ. އަދި މި ޓުއާގެ މައިގަނޑު މަގްސަދަކީ އެޗްޑީސީއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި، އިންޖިނިއަރިން ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލުތަކުގެ ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުން ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންޖިނޭރުންގެ ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ