ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހާއި އަގަށް އައި ބަދަލު ’މައި ހުޅުމާލެ‘ ޕޯޓަލްގައި އާންމުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުއްޔަށް ގެނެސްފައިވާ ލުއިތަކާއެކު، ފްލެޓްތަކުގެ އެއްބަސްވުންތަކަށް ގެނައިސްފައިވާ ބަދަލުތައް މިހާރު ”މައި ހުޅުމާލެ ޕޯޓަލް“ އިން ފެންނަން ހުންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުއްޔަށް ދެއްވާފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓްތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު ޕޯޓަލްއިން ފެންނާނެ އެވެ.

ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ފަރާތްތަކަށް މިހާރު ވަނީ މައި ހުޅުމާލެ ޕޯޓަލް ލިންކު ބޭނުންކުރައްވައިގެން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާ، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވިފަ އެވެ. އެޗްޑީސީން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ފްލެޓްތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ، ހިޔާ ފްލެޓްތަކުގެ އެއްބަސްވުމަށް ގެނެވުނު އިސްލާހުތަކާއި އަގަށް އައި ބަދަލުތަކުގެ ސަބަބުން، ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ދީފަ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ