ބާސެލޯ ލެގޫން ރިސޯޓު 57 މިލިއަން ޑޮލަރަށް ވިއްކާލައިފި

Advertisement

އެންމެ ފަސް

Advertisement

އަރިއަތޮޅުގައި ހިންގަމުން އަންނަ ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ރިސޯޓު ވިއްކާލައިފި އެވެ.

ބްރައުން އިންވެސްޓްމަންޓުން ބޮޑުފިނޮޅުގައި ހިންގާ މި ރިސޯޓު 57.5 މިލިއަން ޑޮލަރަށް ވިއްކައިލާފައިވަނީ ދުބާއީ ކުންފުންޏެއް ކަމަށްވާ އަލްބަވާދީ އިންވެސްޓަށެވެ.

ބާސެލޯ ބްރޭންޑުން މި ރިސޯޓު ވިއްކާލާފައިވާއިރު، މިއަދު ކުރީކޮޅު އެ ކުންފުނިން ވަނީ މާލޭގައި 16 ބުރީގެ ހޮޓަލެއް ހުޅުވާފަ އެވެ. އެއީ ބާސެލޯ ނަސަންދުރަ އެވެ.

ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ރިސޯޓު ގަތް ދުބާއީގެ ކުންފުންޏަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓު ހޮޓާތަކައި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ.

ސޭލްސް އެންޑް ޕަޗޭސް އެއްބަސްވުމެއްގެ ދަށުން، ބާސެލޯ ވޭލްސް ލެގޫން މޯލްޑިވްސް ވިއްކާލުމަށް ސޮއިކުރިނަމަވެސް މި މުއާމަލާތް އެއްކޮށް ނިންމުމަށް ރާއްޖެއިން ލިބެންޖެހޭ ހުއްދަ އަދި ނުލިބޭ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ