ސަލީމަށް އަހަރަކު 3.6 މިލިއަން ލިބޭއިރު އެކައުންޓުގައި ފައިސާއެއް ނެތް، ނައުފަލްއަށް 1.2 މިލިއަން ލިބޭ

Advertisement

އެންމެ ފަސް

Advertisement

އާމްދަނީގެ ގޮތުގައި އަހަރަކު 3.6 މިލިއަން ރުފިޔާ ލިބޭ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އަތުގައިވެސް އަދި އެކައުންޓުގައިވެސް އެއްވެސް ފައިސާއެއް ނެތްކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާންމު ކުރި މެންބަރު ސަލީމްގެ މާލީ ބަޔާނުގައިވާ ގޮތުގައި މަޖިލީހުގެ މުސާރައާއި ކުންފުނީގެ މުސާރައާއި ކުންފުނީގެ ވިޔަފާރި ނަފާއިން ނެގި ފައިސާ އާއި ފަށަން ގޭގައި ހުންނަ އުރީދޫ އެންޓަނާގެ ކުއްޔާއެކު އާމްދަނީގެ ގޮތުގައި ޖުމުލަ 3،607،153.29 ރުފިޔާ އަހަރެއްގެ މައްޗަށް ލިބޭ ކަމަށެވެ.

މަޖިލީހުން އާންމު ކުރި މާލީ ބަޔާނުން ހާމަވާ ގޮތުގައި ސަލީމުގެ ނަންމަތީ ރާއްޖޭގައި 2 އެކައުންޓެއް ހުޅުވާފައި އެބަ ހުއްޓެވެ. އެއީ އެމްއައިބީގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓަކާއި އެމްސީބީގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓެކެވެ. މި ދެ އެކައުންޓުގައިވެސް އެއްވެސް ފައިސާއެއް ނެތްކަމަށް މާލީ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަލީމުގެ އަތުގައިވެސް އެއްވެސް ފައިސާއެއް ނެތްކަމަށް މާލީ ބަޔާނުން އެނގެ އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

މި މާލީ ބަޔާނުން އެނގޭ ގޮތުގައި 2019 ވަނަ އަހަރު އެމްއައިބީއިން ސަލީމް ވަނީ 247،430.68 ރުފިޔާގެ ލޯނެއް ނަގާފަ އެވެ. މި ލޯނު ދައްކާ ހަލާސް ކުރަން ޖެހޭ ތާރީހު ބަޔާންކޮށްފައި ނެތް އިރު ލޯނުގެ ނުދައްކާ ބާކީ ހުރި އަދަދެއްވެސް އެނގޭކަށް ނެތެވެ.

ސަލީމުގެ މިލްކިއްޔާތުގައި 1 އިމާރާތާއި 1 އެޕާޓްމެންޓް އެބަ ހުއްޓެވެ. ހ. ފަށަން ކިޔާ އިމާރާތުގެ އަގެއް އަދި އެ އިމާރާތް ގަތް އަހަރު ނުވަތަ ގަންނަން ފައިސާ ހޯދި ގޮތް މާލީ ބަޔާނުން އެނގެން ނެތް އިރު މެލޭޝިއާގައި ހުރި އެޕާޓްމެންޓާ ބެހޭ އެއްވެސް މައުލޫމާތެއްވެސް އެނގޭކަށް ނެތެވެ.

ސަލީމުގެ ދަރި އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލްގެ މާލީ ބަޔާނަށް ބަލާއިރު އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ނައުފަލްއަށް 1.46 މިލިއަން ރުފިޔާ ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 122،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ