ރާއްޖެ-ޗައިނާ ގުޅުން ވަރުގަދަ، ދިވެހިންނަށް ދަނީ ފައިދާވަމުން: ޗައިނާ ސަފީރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަވެ، އެކަމުގެ ސަބަބުން ދިވެހިންނަށް ދަނީ ފައިދާކުރަމުންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެ އެވެ.

ސަފީރު ކޮންގް ޝިންހުއާ މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ފާހަގަކުރައްވައި، މި ގުޅުމުގެ ސަބަބުން ރާއްޖޭގެ އިންވެސްޓަރުންނަށް ލިބެމުންދާ ފައިދާތައް ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރަން ފެށުމުން މާކެޓުގައި އެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ މެދުގައި އަމަލު ކުރަން ފެށުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދިވެހިންނަށް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އެއްބަސްވުމެއްކަމަށް ސަފީރު ފާހަގަކުރެއްވި އެވެ. އެގޮތުން، މި އެއްބަސްވުމުގެ ކުރިން ރާއްޖެއިން ޗައިނާއަށް މަހުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ނުކުރެވޭކަން ސަފީރު ފާހަގަކުރެއްވި އެވެ.

ދިވެހި އުފެއްދުންތައް ޗައިނާގައި އިސްތިހާރުކުރުމަށް އިކޮނޮމިކް މިނިސްޓްރީއެކު ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަކަމަށް ސަފީރު ވިދާޅުވި އެވެ. އަދި މިކަމުގެ ހެޔޮ އަސަރު ކުރިއަށް އޮތް އެކެއް ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމުގެ އުންމީދު ފާޅުކުރެއްވި އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ 1972 ވަނަ އަހަރު އެވެ.

ރާއްޖެ - ޗައިނާ ޗައިނާ ސަފީރު ކޮންގ ޝިއަންހުއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ