ކައުންސިލްތަކަށް ދަތިވާނެ އެއްވެސް އިސްލާހެއް ލާމަރުކަޒީ ގާނޫނަކަށް ނުގެންނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހުގައި ކައުންސިލުތަކަށް އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އެއްވެސް އިސްލާހެއް ނުގެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވަރަށް ދަތިވާކަމަށް ބައެއް ކައުންސިލްތަކުން ބުނަމުން އަންނަ ކަމަށެވެ. އަދި އެވާހަކައަށް އެމަނިކުފާނު ދެއްވަން އޮތް ޖަވާބަކީ ’އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ނުގެންނަން‘ ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމް އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު އިނގޭތޯ. އަޅުގަނޑުވެސް މިކަމުގެ ތެރޭގަ، ލާމަރުކަޒީ ނިޒާމުގެ ތެރޭގަ، އެކި ފަހަރު އެކި ގޮތަށް އުޅެވިފަ ހުރީ. އެންމެ ފަހުން މާލެ ސިޓީގެ މޭޔަރެއްގެ ގޮތުގައި އުޅުނީ.

ރައީސް ވިދާޅުވީ މާލެ ސިޓީ މޭޔަރަކަށް އެމަނިކުފާނު ހުންނެވި އިރު މާލޭގައި ކަމެއް ކުރުމުގެ ފުރުސަތު އޭރުގަ އޮތް ސަރުކާރުން ދީފައި ނުވާ ކަމަށެވެ. އަދި ލޭންޑް ޔޫޒް ޕްލޭން ހަދާފަ ހުށަހެޅުމުން 1 އަހަރު ވީއިރުވެސް ފާސްކޮށް ނުދޭކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަކުން ކަންކަމަށް ހުރަސް އަޅާ ގޮތާއި އޭގެ ސަބަބުން ދިމާވާ ދަތިތައް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި މި ސަރުކާރުން އެފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކޮށްދިނުން. އެހެންވީމަ މިހުރިހާ ކުރިއެރުންތަކެއް މި ގެނެސްދެނީ.

ރައީސް ވަނީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ވަރަށް ފައިދާވާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނުގެ ތެރެއިން މިހާރު އެމީހުންނަށް ރޯދަ އެލަވެންސާއި މުސާރަ ނުހިނގި ނަމަވެސް މުސާރަ ހިނގާ މުވައްޒަފުންނަށް ލިބޭ އެތަށް އިނާޔަތެއް ލިބޭނެ މަގު ފަހިކޮށްދީފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހަކީ އެ ނިޒާމު އިތުރަށް ވަރުގަދަކޮށްދީ، ’ގުޑް ގަވަނެންސް‘ އެސްޓެބްލިޝް ކޯށްދީ، ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން ހިންގުމަށް މަގުފަހިވާނެ އިސްލާހެއްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި ލާމަރުކަޒީ ނިޒާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ