ކުޅުދުއްފުށި ސިޓީގައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދިއުމާއެކު، އިތުރު 2،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަޝްރޫގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ 2،000 ހައުސިންގ ޔުނިޓުގެ ތެރެއިން 700 ޔުނިޓަކީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަޅާ ތިން ކޮޓަރީގެ ގެތަކެކެވެ.
އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް މި ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލާއި މިނިސްޓްރީ އަދި އެޗްޑީސީއާ ގުޅިގެންނެވެ.
މި މަޝްރޫޢަކީ ސޯޝަލް ހައުސިންގ ކެޓަގަރީގެ ދަށުން ހިންގޭ މަޝްރޫޢަކަށް ވާތީ، މަހުން މަހަށް ދައްކަންޖެހޭ އަގު ވަރަށް އެފޯޑަބަލް އަގެއްގައި ހަމަޖެހޭނެކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން، ލޭންޑްޔޫސް ޕްލޭންގެ ދަށުން އިތުރު 1،300 ހައުސިންގ ޔުނިޓް (ފްލެޓް) އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ކުޅުދުއްފުށި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ