ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އެކަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ، ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓްއަށް ދާ މަގު ހުރަސްހުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ރޭ 07:18 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސްއިން މަގު ހުރިކުރި 2 އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުނަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.



