އާރުޑީސީގެ ދަރަނި 2021 ގައި ބޮޑުތަނުން އިތުރުވި: އޮޑިޓް ރިޕޯޓް

Advertisement

އެންމެ ފަސް

Advertisement

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ދަރަނި 2021 ވަނަ އަހަރު ނިމުނުއިރު، އިންތިހާއަށް އިތުރުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފައިނޭންޝަލް އޯޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކާގޮތުގައި، 2021 ވަނަ އަހަރު ނިމުނުއިރު އާރުޑީސީގެ ޖުމްލަ ދަރަނި 323 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު 228 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ދަރަނި ހުރީ 95 މިލިއަން ރުފިޔާގަ އެވެ.

ކުންފުނީގެ މާލީ ގެއްލުންވެސް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. 2020 ވަނަ އަހަރު 41.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2021 ވަނަ އަހަރު ކުންފުންޏަށް 108.1 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. އަދި އިދާރީ ޚަރަދުތައްވެސް ވަނީ 51 މިލިއަން ރުފިޔާއިން 117.4 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަރަނި މިހާ ބޮޑުތަނުން އިތުރުވެފައިވަނީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވުމުގެ ސަބަބުންނެވެ. 2021 ވަނަ އަހަރު މުވައްޒަފުންގެ އަސާސީ މުސާރަ 14 މިލިއަނުން 33 މިލިއަނަށް އަދި އިނާޔަތްތައް 22 މިލިއަނުން 57 މިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ މި މުއްދަތުގައި އިތުރުވެފައިވާ ދަރަނިތަކާއި ކުރި ޚަރަދުތައް ޔަގީންކުރުމަށް ބޭނުންވާ ކިތާބީ ހެކި ލިބިފައިނުވާކަން ފާހަގަކޮށްފަ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ