އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އުމްރާއަށް ގޮސް ހުއްޓައި މިއަދު ނިޔާވީ، ރ. ފައިނު ސްކޫލުގެ ޓީޗަރެއް ކަމަށްވާ މަރްޔަމް ސިޔާމާ އެވެ. އޭނާ އުމްރާއަށް ދިޔައީ، މިމަހުގެ 27 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މަރްޔަމް ސިޔާމާ ނިޔާވުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ވެސް އުމްރާއަށް ގޮސް އުޅުނު ތ. ވަންދުއަށް އުފަން, އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު ވަނީ ނިޔާވެފަ އެވެ.