ސްރީލަންކާ އާއި ދިވެހިރާއްޖެއާއި ދެމެދު އެކިއެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކާާގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ސްރީލަންކާގެ ރައީސް، ރާއްޖެއަށް މި ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް އެ މަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މިނިސްޓަރ ހަލީލް މަރުޙަބާ ވިދާޅުވި އެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސްރީލަންކާ އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް، މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.
މީގެއިތުރުން ސްރީލަންކާ އިން ދިވެހިރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް ލަންކާ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑިސަނަޔަކާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހަލީލްގެ އަރިހުގައި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު އިމާދު އާއި ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަތެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކެ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ މަހުގެ 28 އިން 30 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކާ



