އަންނަ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފި އެވެ.

”ޖަވިޔަނި“ އަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. މިގޮތަށް އެ ކޮމިޝަނުން ނިންމީ ރިޓަޔާވުމަށް އެދި އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވުމުންނެވެ.

އެގޮތުން ޖޭއެސްސީން ނިންމާފައިވަނީ ޖުލައި 21 ވާ ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރެއްވުމަށެވެ.

މީގެއިތުރުން ރިޓަޔާ ކުރައްވާ ފަނޑިޔާރުންނަށް ދެއްވާ އިނާޔަތްތައް އުއްތަމަ ފަނޑިޔާރަށް ދިނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ޖޭއެސްސީން ވަނީ ނިންމަވާފަ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވުމަށް ހުށަހެޅުއްވީ ފަނޑިޔާރުންގެ ރިޓަރަމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ އުމުރުން 55 އަހަރުވުމުން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާވުމަށް އަމިއްލައަށް ހުށަހެޅިދާނެ ކަމަށެވެ.

މުއުތަސިމް އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ޑިސެމްބަރު 8 ވަނަ ދުވަހު އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ވަނީ 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޤާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު 2008 ވަނަ އަހަރު ތަސްދީޤުކުރެއްވި ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މުއުތަސިމް އިންނެވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ