އަތޮޅުތަކުގައި އާންމު ހިދުމަތްދޭ ޔުނިޓްތައް 15 ރަށެއްގައި ގާއިމްކުރަނީ

Advertisement

އެންމެ ފަސް

Advertisement

އަތޮޅުތަކުގައި އާންމު ހިދުމަތްދޭ ޔުނިޓްތައް 15 ރަށެއްގައި ގާއިމް ކުރުމަށް ސަރުކާރުން ނިންމައިފިއިވާ ކަމަށް ސިޓީސް މިނިސްޓްރީއިން ބުނެފި އެވެ.

ސިޓީސް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ހިދުމަތް ދޭނެ ޔުނިޓްތައް ގާއިމު ކުރުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، އެ ހިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމު ކުރާނެ ކަމަށެވެ.

ހިދުމަތްދޭ ޔުނިޓްތައް ގާއިމްކުރާ 15 ރަށަކީ:

  • ހއ. ދިއްދޫ
  • ށ. ފުނަދޫ
  • ނ. މަނަދޫ
  • ރ. މާކުރަތު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • ކ. ތުލުސްދޫ
  • އއ. ރަސްދޫ
  • އދ މަހިބަދޫ
  • ވ. ފެލިދޫ
  • މ. މުލި
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ތ. ވޭމަންޑޫ
  • ގއ. ވިލިނގިލި

ސިޓީސް މިނިސްޓްރީއިން ބުނީ، މި ރަަށްތައް ކަނޑައެޅުމުގައި އާންމު މިންގަނޑެއްކަމަށް ބަލާފައި ވާނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށް ކަމަށެވެ.

މީގެ އިތުރުން، އެ ޔުނިޓްތައް ގާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް ސިޓީސް މިނިސްޓްރީއިން ދަނީ ކުރަމުން ކަމަށެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ