އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ބުނެފައިވަނީ، އާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި މަސައްކަތް ފެށުމާއި ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އާންމުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ތަޅާލުމަށް ނިންމާފައިވާ ކަމަށެވެ.
”މި މަސައްކަތް ކުރަމުންދާއިރު އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މައާފަށް އެދެން. އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި.“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އޯކިޑް ޕްލާޒާ ފަޅަށް ހުންނަތާ މިހާރުވަނީ އެތައް ދުވަހެއް ނެފަ އެވެ. މީގެކުރިން އެތަނުގެ ތެރެއަށް، މަސްތުވާތަކެތި ބޭނުންކުރުމަށް މީހުން ވަންނަ މައްސަލަ ވަރަށް ބޮޑުވިއެވެ. އެތަނުގައި މީގެކުރިން ބައެއް އަލިފާނުގެ ހާދިސާތައްވެސް ހިނގާފައިވެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް