ތިނަދޫ ފެރީ ޓާމިނަލް ޖެޓީގައި ލޯންޗެއް ޖެހި 4 މީހުންނަށް އަނިޔާވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ތިނަދޫ ސިޓީގެ ފެރީ ޓާމިނަލް ޖެޓީއާ ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހިއްޖެ އެވެ.

މި ހާދިސާގައި 4 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 13:50 ހާއިރު އެވެ. އެ ލޯންޗުގައި ތިބި 3 އަންހެނުންނާއި އެއް އަހަރުގެ ކުޑަކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިޔާ ހިމެނޭހެން ޖުމުލަ 6 ފަރާތެއް ދަތުރުކޮށްފައިވެ އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގައި ތިބި ދެ ފަސިންޖަރުންނާއި ކެޕްޓަނާއި ފަޅުވެރިޔާއަށެވެ. އަނިޔާވި ފަރާތްތަކުގެ ތެރޭގައި 50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާގެ އިތުރުން 25 އަހަރާއި 28 އަހަރުގެ ދެ އަންހެނުން ހިމެނެ އެވެ.

އަނިޔާވި ފަރާތްތަކަށް ފަރުވާދިނުމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ