މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު އައްޔަނު ކުރައްވާފައިވަނީ މިއަދު ކަމަށެވެ.
ޒަމްއަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ހާސިލްކުރައްވާފަ އެވެ. ޒަމްއަތު މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް، ކޮމިޝަންގެ ނައިބު ރައީސް ޝިފްލާ އިބްރާހިމް، ކޮމިޝަންގެ މެންބަރު މުސާ ރިލްވާން، ކޮމިޝަންގެ މެންބަރު އާމިނަތު ނުޒުހާ، ކޮމިޝަންގެ މެންބަރު މުޙައްމަދު އަބްދުﷲ އަދި ކޮމިޝަންގެ މެންބަރު އާމިނަތު ޞަރާޙަތު ޢިއްޒަތު އެވެ.
ރައީސް އޮފީސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)
