މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ނިންމައިފި އެވެ.
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ރޭ ވަނީ ބާސެލޯ ނަސަންދުރާގައި ބާއްވާފަ އެވެ. މި ޖަލްސާގައި އެމްޓީސީސީގެ ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި މި ހިއްސާދާރުންގެ ވޯޓުން ވަނީ އެ ކުންފުނީގެ ބޯޑުން ނިންމި ގޮތަށް، ހިއްސާއަކަށް ދެ ރުފިޔާ ބަހަން ނިންމާފަ އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ގިނަ މަޝްރޫއުތަކެއް ހިންގާ އެމްޓީސީސީން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 45 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު 97 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 52 ޕަސެންޓް ދަށް އަދަދެކެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ގެއްލުންވެފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތައް އެ ކުންފުންޏަށް ހަވާލުކުރި އަދަދު މަދުވުމުންނެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)


