އިސްލާމްދީނުގެ މިންގަނޑުތަކާއި އެއްގޮތައް އީދު ފާހަގަކުރަން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގައި އިސްލާމްދީނުގައި ހުއްދަކުރެވިފައިވާ ގޮތުގެ މަތިން ރާއްޖޭގައި އީދު ފާހަގަކުރުމަށް ސިޓީސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ސިޓީސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަލްހާ އީދަކީ ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އަދި އުފާވެރި މުނާސަބަތެކެވެ. އަދި ދިވެހިންނަކީ އަލްހާ އީދު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދާ ބައެއްކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އީދު ފާހަގަކުރުމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން އިތުރަށް އާލާވެ، ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ އެވެ. މީގެއިތުރުން، މިއީ ދިވެހިންގެ ސަގާފަތާއި އާދަކާދަ ތަމްސީލުކޮށްދޭ މުނާސަބަތެއްކަންވެސް ފާހަގަކޮށްފައިވެ އެވެ.

ރައީސް މުޢިއްޒު އިސްކަންދެއްވަނީ އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމަށް

ސިޓީސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ދިވެހި ކުދިބޮޑު އެންމެން އީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އަދި އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރަށެއްގައިވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއްކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ މި އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގައިވެސް އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ވަނީ އަންނަ ހުކުރު ދުވަހަށެވެ.

އަޟްހާ އީދު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ