މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގަން ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ރަށްރަށުން އެކަމަށް ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލާފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައަޅާއިރު އެރަށަކީ މަސްވެރި ރަށެއްތޯ ބަލާނެ ކަމަށެވެ. އެގޮތުން މަސްވެރި ރަށެއްތޯ ބަލާއިރު އެރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންގެ އަދަދާއި، މަސްވެރި އުޅަނދުފަހަރުގެ އަދަދަށް ބަލާނެކަމަށެވެ.

މީގެއިތުރުން އެރަށަކީ ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް މިއަހަރު އެރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، މީގެ ކުރިން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވާ ރަށަކުން ދެވަނަ، ފަހަރަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާސަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރަށް ބަލާނެކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

1981 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ.

މަސްވެރިންގެ ދުވަސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ