އޭދަފުށި ފަތާ ސަރަހައްދު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ބ. އޭދަފުށީގެ ފަތާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު އޭދަފުށި ކައުންސިލުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އަގަކީ 4.63 މިލިއަން ރުފިޔާ ކަމަށްވާއިރު، މަޝްރޫއު ނިންމުމަށް ދެވިފައިވަނީ 150 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީ އެވެ. އަދި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އެވެ.

މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފަތާ ސަރަހައްދެއް ތަރައްގީ ކުރުމަށްޓަކައި ފަޅު ތެރެއިން 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެ އެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި މަޝްރޫއު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ރައްކާތެރި ގޮތެއްގައި ފަތާ ސަރަހައްދެއް ލިބިގެންދާނެ އެވެ. އަދި މިއީ އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.

ބ. އޭދަފުށީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ