ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ހިތަދޫގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސް މުޢިއްޒު އެވެ.

މި މުހިންމު ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި، އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މި މަޝްރޫއަކީ 15.18 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެ ކުންފުނިން ވަނީ 390 ދުވަސްތެރޭގައި މި މަސައްކަތް ނިންމާނެކަމަށް ބުނެފަ އެވެ. މި މަޝްރޫގެ ދަށުން، ޖުމްލަ 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެ އެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5،625 އަކަފޫޓު ހުންނާނެ އެވެ.

17,590 މީހުންގެ އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުވެގެންދިއުމަކީ، ޢިލްމީ ގޮތުން ކުރިއަރާފައިވާ މި ރަށަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމެއް ކަމަށް އެމްޓީސީސީން ދެކެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ