ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގެ މެމްބަރުންނަށް 15،000ރ ގެ އެލަވަންސެއް ދެނީ

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހ.މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ކޮމިޝަންގެ މެމްބަރުންނަށް 5،000 ރުފިޔާ އާއި 15000 ރުފިޔާއާއި ދެމެދުގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ރައީސް އެކުލަވާލި ކޮމިޝަނުގައި ތިބި ބޭފުޅުނަށް ދިނުމަށްޓަކާއި އެލަވެންސްއެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގައި އަދި ޑޮކްޓަަރަށް 5000ރފ ދިނުމަށް ހަމަޖެހިފަިވާ އިރުގައި  ބާކީ ތިއްބަވާ ބޭފުޅުންނަކީ އެއްވެސް އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވުމުން އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެެވެ.

އެގޮތުން މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 2 ބޭފުޅުނަށް އެ މަސައްކަތަށް ކަނޑައަޅާފައި ވަނީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް ކަމަށްވުމުން ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނެއް އެކުލަވާލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ. އެގޮތުން މި ކޮމިޝަންގައި ހިމެނިވަޑައިގެންނަވަނީ

– ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ

– ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން

– ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641

– ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ

– އާމިނަތު އީނާސް، ހ. ހަބަރުގެ

އެންމެ ފުރަތަމަ ކޮމިޝަން ހެއްދެވި އިރު ކޮމިޝަންގައި ހިމެނިވަޑައިގެންނެވި ޑރ.މުހައްމަދު ހަބީބް އާއި މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލް އާއި އާއިލީ ގުޅުމެއް އޮންނާތީ އޭނާ ވަނީ ކޮމިޝަނުން އިސްތިއުފާ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ