ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްވެސް ހާއްސަ ކޮމިޝަނެއް އުފައްދައިދިނުމަށް އާއިލާގެ ފަރާތުން އެދެފި

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްވެސް ރިޔާސީ ކޮމިޝަނެއް އުފައްދަވައިދިނުމަށް ޒަކިއްޔާގެ އާއިލާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.

ޒަކިއްޔާގެ އާުއިލާގެ ފަރާތުން މިކަމަށް އެދިފައިވަނީ ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައިމިނަތު ޝަޒިއްޔާ ސޮއިކޮށް ނެރުނު ނޫސް ބަޔާނެއްގަ އެވެ.

މި ނޫސް ބަޔާނުގައި ވަނީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހަދާ އަދި މި މައްސަލައަށް ހާއްސަ ކޮމިޝަނެއް އުފައްދަވައިދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ސެޕްޓެމްބަރު 10، 2024 ގައި ހޮޅުދޫގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ. މި ނޫސްބަޔާނުގައި އާއިލާގެ ފަރާތުން ވަނީ މި މައްސަލައިގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ހެކިންގެ ހެކިބަސް ފުލުހުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި ޒަކިއްޔާ މަރުވީ އަމިއްލައަށްކަމަށް އާއިލާއާއި ހޮޅުދޫގެ ރައްޔިތުންނަށް ވިސްނައިދިނުމަށް ފުލުހުން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން މި މައްސަލައަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިއްޔެ (އޭޕްރިލް 17، 2025) ގައި އިސްތިއުފާ ދެއްވި އަލީ ޝުޖާއު ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތްކަމަށް އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަކަށްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގައިވެސް އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ފުލުހުން ހަދާފައިވަނީ ވާޗުއަލް އޮޓޮޕްސީއެއް ނޫން ކަމަށާއި އެއީ މިނިސްޓަރު އިހުސާން އާއި އޭރުގެ ސީޕީ ޝުޖާއު ހޮޅުދޫއަށް ވަޑައިގެންނެވުމުން ރައްޔިތުން ކުރިމަތި ކުރެއްވި ސުވާލުތައް ލިޔެގެން ފުލުހުން ބޭނުންވާ ފޮޓޯތައް ބަޔަކަށް ފޮނުވައިގެން ހެދި ސުވާލާއި ޖަވާބުތަކެއްކަމަށް އާއިލާއިން ބުނެ އެވެ.

ޒަކިއްޔާގެ އާއިލާގެ ފަރާތުން މި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފައްދައިދެއްވުމަށް ރައީސްގެ ކިބައިން އެދިފައިވަނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގި ފިލާއިން ވެއްޓުނު އަންހެން ކުއްޖާ ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު ރޭ ރިޔާސީ ކޮމިޝަނެއްވެސް އުފެއްދެވުމާ ގުޅިގެންނެވެ. ”2025 އޭޕްރިލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ ގެ ނަމުގައި އުފެއްދެވި މި ކޮމިޝަނަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުފެއްދެވި ކޮމިޝަނެކެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ޒަކިއްޔާގެ މަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ