އެންޑީއޭ ހިންގަމުންދާ އިމާރާތް ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި، އެކަމަށް ހައްލުގެންނާނަން: މިނިސްޓަރ އިހުސާން

Advertisement

އެންމެ ފަސް

Advertisement

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މިހާރު ހިންގަމުންދާ ގްރީންގެ އިމާރާތް ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހުސާން އިއްޔެ ވަނީ އެންޑިއޭއަށް ވަޑައިގެން، އެ އިދާރާގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތްތައް ބައްލަވާލައްވާފަ އެވެ. އެ ތަނުގެ މުވައްޒިފުންނާއި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިމާރާތް ހުރީ ވަރަށް ބޮޑަށް ފަނާވެފައި ކަމަށާއި، އެއީ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމަށް ވީހާވެސް އަވަސް ހައްލެއް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.

މިނިސްޓަރގެ މި ޒިޔާރަތުގައި، ކޮމިއުނިޓީ ސަރވިސް ސެންޓަރާއި ގަގަން ކްލިނިކްގެ ހާލަތުވެސް ބައްލަވާލައްވާފައިވެއެވެ. އަދި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއަހައްވާފައިވެއެވެ. މީގެއިތުރުން، ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް، ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އިހުސާން އެންޑިއޭއަށް ވަޑައިގެންނެވުން

މަސްތުވާތަކެތީގެ ޑިމާންޑް ދަށްކުރުމަކީ އެންޑީއޭއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޑީއޭގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައި ވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަސްތުވާތަކެތި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ