މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި މިއަދު ގަތަރަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްއިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އޭޕްރީލް މަހުގެ 14 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހު އެވެ. މި ސެގްމެންޓުގައި އައިކާއޯގެ މެންބަރު ގައުމުތަކުގެ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.
ކޮންފަރެންސްގައި ”ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް 2025“ ގެ ނަމުގައި ގަރާރެއް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގަރާރަކީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ގަރާރެކެވެ. މި ގަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމާއި، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެ އެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގަތަރު