ފުލުހުންގެ ތަމްރީނެއް ހުޅުމާލެ ފޭސް 1 ގައި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 1 ގައި މިއަދު ފުލުހުންގެ ތަމްރީނެއް ކުރިއަށް ދާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އެކްސްގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ތަމްރީން ކުރިއަށްދާނީ މިއަދު މެންދުރު 02:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކަމަށެވެ.

މި ތަމްރީނުގައި ބައިވެރިވާނީ ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމުތަކުން ކަމަށާއި މިއީ ފުލުހުން ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ ގާބިލްކަން އިތުރު ކުރުމަށާއި ފުލުހުންގެ އެއްބާރުލުން ވަރުގަދަ ކުރުމަށް ކުރިއަށް ގެންދާ ތަމްރީނެއްކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ޕޯސްޓުގައި ވަނީ މި އޮޕަރޭޝަން ކުރިއަށް ދާ ވަގުތު އާންމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި މި ތަމްރީން ކުރިއަށް ދާއިރު އެއްވެސް ވަރަކަށް ކަންބޮޑު ނުވުމަށާއި މިއީ ދުރާލާ ރޭވިގެން ކުރިއަށް ގެންދާ ތަމްރީނެއްކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ