މޯލްޑިވިއަންއަށް އޭ330 ގެ މަތިންދާ ބޯޓެއް ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ގައުމީ އެއަރލައިން މޯލްޑިވިއަންއަށް އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ތިން ވަނަ ފަހަރަށް އިޢުލާންކޮށްފި އެވެ.

މި މަތިންދާބޯޓު ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި މަތިންދާބޯޓު ހޯދުމަށް ފުރަތަމަ އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެ އިޢުލާނުގެ މުއްދަތު ހަމަވުމުން، މާރިޗު މަހުވެސް އަލުން އިޢުލާންކުރި އެވެ. މިހާރު ކުރި އިޢުލާނުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

އިޢުލާނުގައިވާ ގޮތުން، މި މަތިންދާބޯޓުގެ ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަންޖެހޭނެ އެވެ. މިއީ ވައިޑްބޮޑީ އެއަރކްރާފްޓެއް ކަމުން، އެއްފަހަރާ 264 ފަސިންޖަރުން އުފުލުމުގެ ޖާގަ ލިބޭނެ އެވެ. އަދި މި ބޯޓުތަކަކީ ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރެވޭ ބޯޓުތަކެކެވެ.

މޯލްޑިވިއަންގެ ފުރަތަމަ އޭ330 މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. މި ބޯޓުން މިހާރު ވަނީ ޗައިނާގެ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ފަށާފައެވެ. އޭގެއިތުރުން އިންޑިއާއަށްވެސް ދަތުރުތައް ކުރަމުންދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ދެވަނަ އޭ330 ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޯބަރު މަހުގައި އުދުހުންތައް ފެށޭނެ އެވެ. މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އޮތްއިރު، އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު އަދި ޑޭޝް މަރުކާގެ ބޯޓުތައް ހިމެނެ އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ