ކްރާސްރޫމްތަކުގެ އިތުރަށް، ސްކޫލް ހޯލުތައްވެސް އޭސީ ކުރުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި ހޯލްތައް އޭސީކުރުމަށް ޖުމްލަ 9،000 އޭސީ ބޭނުންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިކަން ރައީސް ހާމަކުރެއްވީ ރައީސް އޮފީހުން ކުރިއަށްގެންދާ ’ރައްޔިތުންނާއި އެކު‘ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުރިން ވެފައިވާ ވައުދަކީ ހަމައެކަނި ކްލާސްރޫމްތައް އޭސީކުރުން ނަމަވެސް، ސްކޫލްތަކުގެ ހޯލްތަކަކީވެސް ވަރަށް މުހިންމު ތަންތަން ކަމަށްވާތީ، އެތަންތަންވެސް އޭސީކުރުމަށް ވަނީ ނިންމާފަ އެވެ. ސްކޫލް ހޯލްތަކަކީ ހަމައެކަނި ސްކޫލުގެ ބޭނުންތަކަށް އެކަނި ބޭނުންކުރާ ތަންތަނެއް ނޫންކަން ފާހަގަކުރައްވަމުން، އެތަންތަނުގައި ދަރިވަރުންގެ އެކިއެކި ހަރަކާތްތަކުގެ އިތުރުން ރަށުގެ އާންމު ހަރަކާތްތައްވެސް ބާއްވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

”ރަށުގަ ނުހުރޭ ރައްޔިތުން އެއްވެ އެއްވެސްކަހަލަ ހަރަކާތެއް، އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް، ޖަލްސާއެއް ބާއްވާލަންވިޔަސް ނޫނީ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާކަށްވެސް، އޮންނަނީ ހަމައެތަން،“ ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރެވި، އޭސީތަކަށް ބޭނުންވާ ހަކަތަ އިޔާދަކުރަނިވި ސޯލާ ހަކަތައިން ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި މި މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށާއި، މި އަހަރުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ