ރައީސް މުއިއްޒު މަޖިލީހަށް ނުފޫޒު ނުފޯރުވާނެ: ފަލާހް

Advertisement

އެންމެ ފަސް

Advertisement

ރައިސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ނުފޯރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިފަދައިން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ރައީސް މުއިއްޒުގެ އަމުރަށްކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.

އެގޮތުން ފަލާހު ވިދާޅުވީ، މަޖިލީހަކީ މަޖިލީހުގެ ތަޅުމުގައި އެކަނި މަސައްކަތްކުރާ ތަނެއްނޫން ކަމަށެވެ. އެގޮތުން އިއްޔެއާއި މިއަދުވެސް މަޖިލީހުގެ ކޮމިޓީތަކުގައި އެތައް މަސައްކަތެއް ހިންގާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

”ކޮން ސަބަބަކާހުރެތޯ ރައީސް ޖަލްސާނުބާއްވަން އަމުރުކުރަންވީ، ރައީސްތޯ މަޖިލީސް ހިންގަވަނީ؟“ ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ކުރިން ރައީސުން މަޖިލީހަށް ނުފޫޒުފޯރުވިގޮތަށް ރައީސް މުއިއްޒު އެކަމެއް ނުކުރައްވާނެ ކަމަށެވެ.

ރޯދަމަހަށް މަޖިލިސް ޗުއްޓީއެއް ނެގުމަށްފަހު މި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ފެއްޓި އެވެ. އަދި އާދީއްތަ ދުވަހުގެ ޖަލްސާގެ ފަހުން އިތުރު ޖަލްސާއެއް މިހަފުތާގައި ބާއްވާފައިނުވެ އެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މި ދެ ދުވަހުވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ