ތިން ރަށެއްގައި މަސްތުވާތަކެތި ބޭނުންކުރުމަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އާރުޑީސީއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ލ. ގަމާއި، ނ. ވެލިދޫގެ އިތުރުން ކ. ކާށިދޫގަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖްތަމައުން ބާކީކޮށްލުމަށްވުރެ އެެމީހުން މުޖްތަމައުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ މި މައްސަލައަށް އޮތް މުހިންމު ހައްލެއް ކަމަށެވެ.
”އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ“ ރައީސް ވިދާޅުވެފައިވެ އެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)