އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

Advertisement

އެންމެ ފަސް

Advertisement

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކައިން ބުނެފައިވަނީ، އައްޑޫ ސެންޓްރަލް ޕަވާސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ގެނެވުނު 1،800 ކ.ވގެ އިންޖީނު މާލެ އިން އައްޑޫއަށް ގެންދިއުމަށް ފުރުވާލެވިފައިވާ ކަމަށެވެ.

މި ޖަނަރޭޓަރު ހިފައިންގެންދާ އުޅަނދު 26 މާރޗް 2025 ވަނަ ދުވަހު 21:30 ހާއިރު އައްޑޫއަށް ބަނދަރު ކުރާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދީފައިވެ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުގެ ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑަންޖެހިފައިވާ އެކަމުގެ ކަންބޮޑުވުން ކައުންސިލުން އަދި އެސިޓީގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސެންޓްރަލް ޕަވާ ސްޓޭޝަންގެ އިންޖީނުގެ މަރާމާތު ކުރުމުގެ މަސައްކަތްވެސް ފެނަކައިން އަންނަނީ ކުރަމުންނެވެ.

ކަރަންޓުގެ ހިދުމަތް އައްޑޫ ސިޓީ ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ