އާދީއްތަ ދުވަހު ޖުމްލަ ގޮތެއްގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު އިތުރު: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

އާދީއްތަ ދުވަހު ކަރަންޓު ބޭނުންކުރެވުނު މިންވަރު ދަށް ނަމަވެސް ޖުމްލަ ގޮތެއްގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު އިތުރު ވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިކަން ހާމަ ކޮށްފައި ވަނީ، މިއަދު އެ ހިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައި ވަނީ، މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ކަރަންޓު ބޭނުންކުރެވުނު މިންވަރަށް ބަލާއިރު، ހޮނިހިރު ދުވަހަށް ވުރެ ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ދަށްވި ނަމަވެސް ޖުމްލަ ގޮތެއްގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އިތުރުކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން އެންމެ ޕީކް ގަޑީގައި 102 މެގަވޮޓަށްވުރެ ގިނައިން އާދީއްތަ ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށްވުރެވެސް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެހެންކަމުން، ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

މިއާއެކު، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ފާހަގަކުރެވެ އެވެ. މި ޑިސްކައުންޓަށް 160 މިލިއަނެއްހާ ރުފިޔާ ހޭދަވާނެކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަރަންޓުގެ ހިދުމަތް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ