ރޯދަމަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރ: އެމްޕީއެލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަމަޟާން މަހުގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ރޯދަމަހު ފުލް އޮޕަރޭޝަންގައި މަސައްކަތް ކުރާއިރު ދުވާލަކު 150 ކޮންޓެއިނަރު ކްލިއާ ކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި ހާފް ޑޭ ތަކުގައި 100 ކޮންޓެއިނަރު ކްލިއާ ކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމުގައި އިލްޔާސް ފާހަގަކުރެއްވި އެވެ.

ރޯދަމަހުގެ މަސައްކަތްތައް ރާވާފައިވާ ގޮތާ ބެހޭ ގޮތުން އިލްޔާސް ވިދާޅުވީ، ”އެންމެ ބޮޑު އިސްކަމެއް ދޭނީ އެތެރެކުރާ ޕެރިޝަބަލް ސާމާނާއި ޖެނެރަލް ކާގޯ ވީހާވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމަށް“ ކަމަށެވެ.

މި ވަގުތު އެމްޕީއެލްގެ ބަނދަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން މުދާ އުފުލުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެ އެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަދި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ބޯޓުފަހަރުން މުދާ ބޭލުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 19 މުވައްޒަފުން ވަގުތީ ގޮތުން ނަގާފައިވާ ކަމަށް އެމްޕީއެލްއިން މަޢުލޫމާތު ދީފައިވެ އެވެ.

ރަމަޟާން 1446 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ