ކޮންމެ ސަރުކާރުވިޔަސް ގޯހުން ކަމެއް ހިނގަންޏާ ބަލާނަން: ސަލީމް

Advertisement

އެންމެ ފަސް

Advertisement

ކޮންމެ ސަރުކާރަކުންވެސް ގޯހަށް ކަމެއް ހިނގަންޏާ އެކަމެއް ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ ފައިސާ ބޭނުންކުރާ ގޮތް ބެލުމުގައި މިހާރު އޮތް މާލިއްޔަތު ކޮމެޓީން މަސައްކަތްކުރާ މިންވަރަށް މީގެ ކުރިން މަސައްކަތް ކޮށްފައިނުވާ ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ. ”އެއިރެއްގައި އޮންނަ ސަރުކާރަކުން ކަން ކުރާ ގޮތް ބެލުމަށްޓަކައި މި މާލިއްޔަތު ކޮމެޓީން ކުރާ ވަރަށް މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ،“ ސަލީމް ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި އެއީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ސަލީމް ފާހަގަކުރެއްވި އެވެ. އަދި ޓެކްސް ފައިސާ ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އޮތް ކޮމެޓީއަކީ މާލިއްޔަތު ކޮމެޓީކަން ފާހަގަކުރެއްވި އެވެ.

މާލިއްޔަތު ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުން މުސްތަގުބަލުގައިވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސަލީމް ވިދާޅުވެފައިވެ އެވެ. މިއީ ކޮމެޓީގެ އެންމެ މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރެއިން އެއް މަސްއޫލިއްޔަތު ކަމަށްވެސް ސަލީމް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ