ޕޮލްކޯ އޮޑިޓު ދިރާސާ ކުރަން ސަބްކޮމިޓީއެއް

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ފްލެޓު އިމާރާތްކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފުލުހުންގެ ވެލްފެއަރ ކުންފުނި، ޕޮލްކޯއިން އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓިއެއް ހެދުމަށް ނިންމައިފި އެވެ.

މިއަދު ކުރިއަށްގެންދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ބައިވެރިވެވަޑައިގެން ވަނީ ޕޮލްކޯގެ އޮޑިޓާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

އެގޮތުން  އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވީ، ފްލެޓްތަކުގެ މަޝްރޫއު ބިޑްކުރިގޮތް އަދި އިވެލުއޭޝަން މަސައްކަތް ކޮށްފައި ހުރިގޮތް ބެލުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ޕޮލްކޯގެ އާ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެބޭފުޅުން އަތުގައި ލިޔުންތައް މިހާރު ނެތްކަމަށް ބުނެފައިވާ ކަމަށާއި ލިޔުންތައް ނެތީ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

އެލިޔުންތައް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތްކުރިނަމަވެސް އެ މައުލުމާތު ނުލިބުނު ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް އާންމުކުރިފަހުން ޕޮލްކޯއިން އެކަމާ ގުޅޭ ބައެއް ލިޔުންތައް ހުށަހެޅި ކަމަށެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ޕޮލްކޯ ފްލެޓް މައްސަލައިގައި އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ސަބްކޮމިޓީއެއް ހެދުމަށް ފާސްކޮށްފަ އެވެ.

2013 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ފެށުނު މި މަޝްރޫޢަކީ ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް، ބްލޫސް ހައުސިންގގެ ނަމުގައި ފެށި މަޝްރޫޢެކެވެ.

ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ