މިރޭ ހުޅުމާލޭގެ 2 ވަނަ ފިޔަވިހީގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑިއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފުން މިކަން ހާމަކޮށްފައިވަނީ މިއަދު ހެދުނު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި ބުނެފައިވަނީ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކަމަށާއި މިއީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
އަދި ހަމަ އެހެންމެ އެމްއެންޑީއެފް އިން ބުނެފައިވަނީ މިރޭ ހަވާއަރުވާނީ 5 މިނަޓަށް ކަމަށެވެ. ހަވާ އަރުވަން ފަށާނީ 21:30 ގައިކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.